logo
banner image

ރ.އުނގޫފާރު ސްކޫލްގައި ފަތުރުވެރިކަމުގެ ހޭލުންތެރިކަމުގެ ޚާއްސަ ސެޝަނެއް ބާއްވައިފި

ރ.އުނގޫފާރު ސްކޫލްގައި ފަތުރުވެރިކަމުގެ ހޭލުންތެރިކަމުގެ ޚާއްސަ ސެޝަނެއް ބާއްވައިފި

ގައުމީ ފަތުރުވެރިކަމުގެ ދުވަސް 2025 ފާހަގަކުރުމުގެ ގޮތުން، ރ. އުނގޫފާރު ސްކޫލްގައި ފަތުރުވެރިކަމާބެހޭ ހޭލުންތެރިކަމުގެ ޚާއްސަ ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަން އިންތިޒާމްކޮށްފައިވަނީ ދިގާލި މޯލްޑިވްސް ރިސޯޓްގެ ރިސޯޓް މެނޭޖަރު، ހަސަން ސަޢީދު، އަދި އެރިސޯޓްގެ ޓީމުންނެވެ.

މި ސެޝަން ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގައި ހުރި ތަފާތު އަދި ފަޚުރުވެރި ވަޒީފާގެ ފުރުޞަތުތަކަށް ދަރިވަރުން ހޭލުންތެރިކޮށް، އެދާއިރާތަކަށް ޝައުޤުވެރިކުރުވުމެވެ. ދަރިވަރުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދެވޭނެ ގޮތްތަކާއި، މިދާއިރާގެ މުސްތަޤްބަލާ ބެހޭގޮތުން ހަސަން ސަޢީދު ވަނީ މުހިންމު މަޢުލޫމާތުތަކެއް ދެއްވާފައެވެ.

މިފަދަ ސެޝަންތަކަކީ، ރާއްޖޭގެ އެންމެ ބޮޑު އިޤްތިޞާދީ ދާއިރާ ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއަށް އަންނަ ޖީލު ތަމްރީނުކުރުމަށްޓަކައި ވަރަށް މުހިންމު މަސައްކަތެކެވެ. އުންގޫފާރު ސްކޫލްގައި ބޭއްވުނު މި ސެޝަނަކީ، ދަރިވަރުންގެ މުސްތަޤްބަލަށް ބޭނުންތެރި މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ.