logo
banner image

އެއްފަހަރާ އެންމެ ގިނަ މީހުން ސްނޯކަލްކުރި ދުނިޔޭގެ ގިނަސް ވޯލްޑް ރެކޯޑް ރާއްޖެ މުގުރާލައިފި!

ބާނީ އިވެންޓު 2025 ގައި ދިވެހިރާއްޖޭގެ ތާރީޚްގައި ފަވާލެވޭނެފަދަ ކާމިޔާބީއެއް ހާސިލުކޮށް، ގިނަ ތަންތަނުގައި އެއްފަހަރާ އެންމެ ގިނަ މީހުން ސްނޯކަލްކުރި ދުނިޔޭގެ ގިނަސް ވޯލްޑް ރެކޯޑް މުގުރާލައިފިއެވެ. މި ރެކޯޑް ހަދާފައިވަނީ މާލެ ސިޓީ ކައިރީގައިވާ ވިލިނގިލިފަޅު ފިނޮޅުގައި، ޖުމްލަ 623 ބައިވެރިން އެއްފަހަރާ ސްނޯކަލްކޮށްގެންނެވެ.

މި ކާމިޔާބީއާ ގުޅިގެން ދިވެހިރާއްޖެއަށް ވަނީ ދުނިޔޭގެ ފެންވަރުގެ ބޮޑު ސަމާލުކަމެއް ލިބިފައެވެ.