logo
banner image
ދިފާޢީ ވުޒާރާ

ބްރައިޓްވޭ އިންޓަރނޭޝަނަލްގެ ލިޓްލް މެއިޑުންނަށް ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށްގެންގޮސްފި

ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގެ ލިޓްލް މެއިޑު ކޭމްޕުގެ ބައިވެރިންނަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ފަޔަރ ޑިޕާޓްމަންޓުން، ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށްގެންގޮސްފިއެވެ.

އޮކްޓޫބަރު 17ވަނަ ދުވަހު އެ ސްކޫލުގައި ކުރިއަށްގެންދިޔަ މި ކުލާހުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ. އަދި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތާއި ފަޔަރ ބްލޭންކެޓް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.

އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ފަޔަރ ޑިޕާޓްމަންޓުގެ ފަޔަރފައިޓަރުން ކިޔަވައިދިން މި ކުލާހުގައި، އެ ސްކޫލުގެ 102 ލިޓްލް މެއިޑުން ބައިވެރިވިއެވެ.