ށ. ފުނަދޫގައި ގާއިމް ކުރި 30 ޓަނުގެ އައިސްޕްލާންޓު ހުޅުވައިފި
ށ. ފުނަދޫގައި ގާއިމް ކުރި 30 ޓަނުގެ އައިސްޕްލާންޓު ހުޅުވައިފިއެވެ.
ފުނަދޫ އައިސްޕްލާންޓު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނު މިހާރު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ފުނަދޫގައި ޤާއިމްކޮށްފައިވާ އައިސްޕްލާންޓަކީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދާ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ އައިސް ޕްލާންޓެކެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމް ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުންވަނީ އަމާޒުހިފާފައެވެ. ރާއްޖޭގެ މަސްވެރިންނަސް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ފަސޭހައިން އައިސް ނުލިބުމުގެ ދަތިކަމެވެ. އެހެން ނަމަވެސް ރާއްޖޭގެ އެކި ކަންކޮުތަކުގައި ގާއިމް ކުރަ އައިސްޕްލާންޓުތައް ގާއިމްކޮށް ނިމުމުން އައިސް ލިބުމުގެ ދަތިތަކަށް ހައްލު ލިބިގެންދާނެ އެވެ.
މަސްވެރިންނަށް އައިސް، ލިބުމަށްހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި އައިސް ޕްލާންޓް އިތުރުކޮށް، އޮޑި ދޯނިފަހަރުގައި ލޮނުފެނުން، މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް މަގުފަހި، ކޮށްދެއްވުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް ހާއްސަ އަހައްމިއްޔަތުކަން ދެއްވާކަމެކެވެ.
