logo
banner image

ވުޒާރާގެ ކޭސް ވޯކަރުންނަށް އަމާޒުކޮށްގެން ޓީއޯޓީ ބިހޭވިއަރ މޮޑިފިކޭޝަންގެ ތަމްރީން ޕްރޮގްރާމެއް ހިންގައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ކޭސް ވޯކަރުންނަށް އަމާޒުކޮށްގެން ޓްރެއިންގ އޮފް ޓްރެއިނަރސް ބިހޭވިއަރ މޮޑިފިކޭޝަންގެ ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން، ބައިވެރިންނަށް ރެސްޓޮރޭޓިވް ޕްރެކްޓިސްގެ އުސޫލުތަކާއި ހަމަތައް އުނގެނި، އެކި މައްސަލަތަކުގައި ޢަމަލުކުރަންވީ ގޮތްތައް ދެނެގަތުމުގެ ފުރުޞަތު ލިބި، މިފަދަ މައްސަލަތަކާ ކުރިމަތިލާން ޖެހޭ ހާލަތްތަކުގައި އެކަށީގެންވާ ގޮތެއްގައި ޙައްލު ހޯދުމަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

3 ދުވަހަށް ބަހާލެވިގެން ކުރިއަށް ގެންދެވުނު މި ތަމްރީން ޕްރޮގްރާމް 17 މުވައްޒަފުން ވަނީ ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައެވެ.