logo
banner image

ގދ.މަޑަވެލި މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް މަޝްވަރާކޮށްފި

ގދ މަޑަވެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަޑަވެލި ކައުންިސލުން ވުޒާރާގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް އަދި ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މަޑަވެލި ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަޑެވެލީގެ މަސްވެރީންނަށް މިހާރު ދިމަވެފައިވާ ދަތިތައް ކައުންސިލުން ވަނީ ހިއްސާކުރައްވާފައެވެ. އަދި އެކަންކަމަށް އަވަސް ހައްލެއް ގެނައުމަށް މި ބައްދަލުކުރެއްވުމުގައި މަޝްވަރަކުރެއްވިއެވެ.

މި ބައްދަލުވުމުގައި، މަޑަވެލީގެ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރަށުގައި އައިސް ޕްލާންޓެއް ޤާއިމުކުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި މަޑަވެލި ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ވަދު ކަނޑުފަތި ކަނޑައިގެން ގޮސްފައިވާތީ، އެކަން ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ. މީގެއިތުރުން މަސްވެރިންނަށް އާރް.އެސް.ޑަބްލިއު ލޯނު ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.