logo
banner image
ދިފާޢީ ވުޒާރާ

އައްޑޫ ސިޓީގެ ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފި

މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ ގެއެއްގެ ފުރާޅު ވަޔާ އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 09:13 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ފުރާޅު ވަޔާ އެއްލާލި އައްޑޫ ސިޓީ، މީދޫ ރޯޒްވިލާގޭގެ ފުރާޅު ހެދުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި، މި މަސައްކަތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި މަސައްކަތް ނިންމާލެވިފައި ވަނީ މިއަދު 10:09 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.