logo
banner image

އޮކްޓޫބަރު 12 ވަނަ ދުވަހުން 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ އިސްރަށްވެހިންގެ ނާދީގެ ހަފްތާ ކަލަންޑަރު

2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު 12 ވަނަ ދުވަހުން 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ އިސްރަށްވެހިންގެ ނާދީއިން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ކަލަންޑަރު އާންމުކޮށްފިއެވެ.

މިގޮތުން، 12 އޮކްޓޫބަރު ވާ އާދިއްތަ ދުވަހުގެ 16:00 އިން 17:00 އަށް ނާދީ މެންބަރުން މަދަހަ ކިޔުން ކުރިއަށްދާނެއެވެ. އަދި 17:00 އިން 18:00 އަށް އިސްރަށްވެހިންނަށް ޚާއްސަ ހޭންޑީކްރާފްޓް ކުލާސް އޮންނާނެއެވެ.

އަދި 13 އޮކްޓޫބަރު ވާ ހޯމަ ދުވަހުގެ 16:15 އިން 18:00 އަށް އައި.ޖީ.އެމް.އެޗް އިން ކުރިއަށްގެންދާ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންދެވޭނެއެވެ.

14 އޮކްޓޫބަރު ވާ އަންގާރަ ދުވަހުގެ 16:15 އިން 18:00 އަށް އިސްރަށްވެހިންނަށް ޚާއްސަ އާރޓް ކުލާހެއް ކުރިއަށްދާނެއެވެ.

15 އޮކްޓޫބަރު ވާ ބުދަ ދުވަހުގެ 16:15 އިން 18:00 އަށް އިސްރަށްވެހިންނަށް ލުއި ކަސްރަތު ކުލާހެއް ކުރިއަށްދާނެއެވެ.

16 އޮކްޓޫބަރު ވާ ބުރާސްފަތި ދުވަހުގެ 16:15 އިން 18:00 އަށް އަށް ނާދީގައި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުން އޮންނާނެއެވެ.

މީގެ އިތުރުން، 17 އޮކްޓޫބަރު ވާ ހުކުރު ދުވަހުގެ ހެނދުނު 06:15 އިން 10:30 އަށް މޫދު ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހަފްތާގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ހޮނިހިރު ދުވަހުގެ 14:00 އިން 16:00 އަށް އިސްރަށްވެހިންނަށް ޚާއްސަ ކަސަބު ކުލާހެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.

އެގޮތުން ހުޅުމާލެ އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، ހުޅުމާލެ އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027587 ގުޅުއްވުމަށް ނާދީން ވަނީ އެދިފައެވެ.