logo
banner image

ށ. އެފްސީއެސްސީގެ މުވައްޒަފުންނާއި ކުދިންނަށް އިވެކުއޭޝަންގެ ތަމްރީނެއް ކުރިއަށް ގެންގޮސްފި

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއެކު ދިމާވެެދާނެ ޤުދުރަތީ ހާދިސާއަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އެފަދަ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ އެމަޖެންސީ ޕުލޭނެއް އެކުލަވައިލާ އެކަމަށް މުވައްޒަފުންނާއި ކުދިން އަހުލުވެރިކޮށް އެފަދަ ހާލަތަކަށް ތައްޔާރުވުމަށް ބޭނުންވާ ޢަމަލީ ތަމްރީން ފޯރުކޮށްދިނުމުގެ ގޮތުން ށ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުންނާއި ކުދިންނަށްތަމްރީން ޕްރޮގްރާއެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމުގައި ވަނީ އަލިފާން ނިއްވުމަށް ބޭނުންކުރާ ތަފާތު ވަސީލަތްތައް ބޭނުން ކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ އިތުރުން، މިފަދަ ހާދިސާތަކުން ރައްކާތެރިވާނެ ގޮތުގެ ޢަމަލީ ތަޖުރިބާވެސް ފޯރުކޮށްދީފައެވެ. އަދި މީގެ އިތުރުން ޓީމް ބިލްޓިންގގެ ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވިފައިވާ ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި ތިބޭ އާއިލާތަކާއި ކުޑަކުދިނަށް ޚިދުމަތްދޭ އަމާންހިޔާތަކުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް ފުޅާކޮށް، އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންގޮސްފައިވާ ތަމްރީން ޕްރޮގްރާމެކެވެ.

އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަކީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށްވާއިރު، މި އަހަރު ނިމުމުގެ ކުރިން މި ވުޒާރާގެ ދަށުން ހިންގަމުންދާ އެންމެހައި އަމާންހިޔާތަކުގައި މި ޕްރޮގްރާމް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު، އަމާންހިޔާތަކުގެ ފެންވަރު ރަނގަޅުކޮށް، އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ބޮޑު ބައެއް ފުރިހަމަވެގެންދާނެއެވެ.