logo
banner image
ދިފާޢީ ވުޒާރާ

ކެންގަރޫ ކިޑްސް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން، ހިތަދޫ ފަޔަރ ސްޓޭޝަނަން ޒިޔާރަތްކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ކެންގަރޫ ކިޑްސް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ސްޓަރ ދަރިވަރުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފިއެވެ.

މިއަދު ކެންގަރޫ ކިޑްސް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން ކުރި ޒިޔާރަތުގައި، އެ ސްކޫލުގެ 11 ސްޓަރ ދަރިވަރުންނާއި ދެ ޓީޗަރުން ބައިވެރިވެލެއްވިއެވެ.

މި ޒިޔާރަތުގައި، ދަރިވަރުންނަށް ވަނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭގޮތުން މަޢުލޫމާތާއި، އަލިފާން ނިއްވުމުގައި ބޭނުންކުރާ ވަޞީލަތްތަކާއި އުޅަނދުތަކުގެ މަޢުލޫމާތު ފޯރުކޮށްދީ، އެ ތަކެތި ބޭނުންކުރާ ގޮތްތައް ދައްކާލާފައެވެ.