މާފުށީ ޕްރީ ސްކޫލުގެ "ކޮމިއުނިޓީ ހެލްޕަރސް ޑޭ" ހަރަކާތުގައި މާފުށީ ފަޔަރ ސްޓޭޝަނުން ބައިވެރިވެއްޖެ
މާފުށީ ޕްރީ ސްކޫލުގެ "ކޮމިއުނިޓީ ހެލްޕަރސް ޑޭ" ހަރަކާތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، މާފުށީ ފަޔަރ ސްޓޭޝަނުން ބައިވެރިވެއްޖެއެވެ.
މިއަދު އެ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ކުޑަކުދީންނަށް ފަހުމުވާނެހެން ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އަދި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާ ބެހޭ މަޢުލޫމާތު ކުދިންނަށް އޮޅުން ފިލުވައިދިނުމުގެ އިތުރުން، މުޖުތަމަޢުގައި ފަޔަރ ފައިޓަރުންގެ ދައުރާ ބެހޭ ގޮތުން ވެސް ދަރިވަރުންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.
މި ސެޝަންގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، މާފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނެވެ.