އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރު ކުރާނެގޮތުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރާނެގޮތުގެތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި ޅ.ކުރެންދޫގައި ކުރިއަށްގެންގޮސްފިއެވެ.
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ގުޅިގެން މި މަހުގެ 5 އިން 9 އަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 26 ފަރާތަކުން ބައިވެރިވިއެވެ. އެއީ 23 އަންހެން ބޭފުޅުންނާއި 03 ފިރިހެން ބޭފުޅެކެވެ.

މިތަމްރީނުގައި މަހުން ތައްޔާރުކުރާ އަގުއެއްކުރި ބާވަތްތަކާއި ގުޅޭ މަޢުލޫމާތުދީ އަދި އަމަލީގޮތުން އެތަކެތި ބައިވެރިން ތައްޔާރުކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ.

ވިޔަފާރީގެ އުޞުލޫން މިފަދަ މަސައްކަތެއްކުރުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ.
މި ތަމްރީނު ޕްރޮގްރާމް ގައި މަޢުލޫމާތު ދީފައިވަނީ މިވުޒާރާގެ ފަންނީ މުވައްޒަފުންނެވެ.
