logo
banner image
ދިފާޢީ ވުޒާރާ

ހައްދުފަހަނަ އެޅުމާ ދެކޮޅަށް މަސައްކަތްކުރާނެ ގޮތުގެ މީޑީއާ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

"ދި އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން" އާއި "ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ" ގުޅިގެން ބާއްވާ ހައްދުފަހަނަ އެޅުމާ ދެކޮޅަށް މަސައްކަތްކުރާނެ ގޮތުގެ މީޑީއާ ތަމްރީނު ޕްރޮގްރާމެއް ކުރުނބާ އައިލަންޑް ރިސޯޓްގައި ފަށައިފިއެވެ.

"އެނަލިސިސް އޮފް އެކްސްޓްރިމިސްޓް ޑިސްކޯރސް އެންޑް ހޭޓް ސްޕީޗް އިން ޑިޖިޓަލް މީޑިއާ"ގެ ނަމުގައި ބާއްވާ ތަމްރީނު ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ފާޠިމަތު މިޒްނާ ޢަލީއެވެ.

މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ މީޑިއާގައި މަސައްކަތްކުރާ ފަރާތަތަކަށް ހައްދުފަހަނައެޅުމާ ދެކޮޅަށް މީޑިއާ މެދުވެރިކޮށް ކުރެވިދާނެ ކަންތައްތަކަށް އަހުލުވެރިކުރުމާއި ކަންކަމުގެ މެދު މިންގަނޑު ކުރިއަރުވާނެ ގޮތުގެ މަޢުލޫމާތު ހިއްސާކުރުމެވެ.