logo
banner image
ތަޢުލީމީ ވުޒާރާ

އޮމަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު އެޅުމުގެ މަސައްކަތް އެފްޑީސީއާ ޙަވާލުކޮށްފި

އޮމަދޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއް ތަރައްޤީ ކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ޙަވާލުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އޮމަދޫ ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އޮމަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން މި މަޝްރޫޢުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީއު އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެވެ.