އިންޑިއާ މޯލްޑިވްސް ޑިފެންސް ޑައިލޮގްގައި ބައިވެރިވެވަޑައިގަންނަވާ އިންޑިއާ ވަފުދުގެ ބޭފުޅުން ޤައުމީދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި.
ހަ ވަނަ އިންޑިއާ މޯލްޑިވްސް ޑިފެންސް ޑައިލޮގްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާ ވަފުދުގެ ބޭފުޅުން ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދާރުލް އާސާރަށް އެބޭފުޅުން ކުރެއްވި މި ޒިޔާރާތުގައި ވަނީ ދާރުލްއާސާރު ބައްލަވާލައްވާފައެވެ. އަދި އެތަނުގައި ތަރުތީބުކޮށްފައިވާ އާސާރީ ތަކެއްޗާ ބެހޭ ތަފްސީލްތައް ދާރުލްއާސާރުގެ ފަރާތުން ވަނީ ހިއްސާކުރައްވާފައެވެ. މި މަޢުލޫމާތު އެފަރާތްތަކަށް ހިއްސާކުރެއްވީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ގައިޑުންނެވެ.
ފަހަކަށް އައިސް، ދާރުލްއާސާރަށް ޒިޔާރަތްކުރާ ބޭރުގެ ވަފުދުތަކާއި، ފަތުރުވެރީންނާއި، ދިވެހީންނާއި، މަދުރަސާކުދީންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.
