logo
banner image
ތަޢުލީމީ ވުޒާރާ

ދަނގެތީ ސްކޫލުގެ އައު އިމާރާތް އެޅުމަށް އެފްޑީސީއާ ހަވާލުކޮށްފި

ދަނގެތީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށްޓަކައި އައު ސްކޫލް ޢިމާރާތެއް ބިނާކުރުމަށް ފަހި ދިިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދަނގެތީ ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ސަރުކާރުގެ ފަރާތުން މި މަޝްރޫޢުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީއު އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ދަނގެތީ ސްކޫލުގެ އައު އިމާރަތުގައި މަލްޓިޕަރޕަސް ހޯލަކާއި, 10 ކުލާސްރޫމްގެ އިތުރުން އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.