މުދައްރިސުންގެ ދުވަހުގެ ޚާއްޞަ އެސެމްބްލީގައި މިނިސްޓަރ ބައިވެރިވެ ވަޑައިގެންފި
މުދައްރިސުންގެ ދުވަސް ފާހަގަކުރަން ތާޖުއްދީން ސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގެންފިއެވެ.
މި އެސެމްބްލީ ޝަރަފުވެރިކޮށްދެއްވާ, ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ ހުރިހާ ފަންނެއްގެ މީހުން ބިނާކުރާ މޭސްތިރިންނަކީ މުދައްރިސުންކަން ފާހަގަކުރައްވާފައެވެ.
މުދައްރިސުންގެ ހީވާގި މަސައްކަތުން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރަމުންދާއިރު، އެ ކުދިން އެކި ދާއިރާތަކަށް ޝައުޤުވެރިކަން އުފައްދާ، ދިރިއުޅުމަށް ތައްޔާރުވެފައިވާ ބައެއްގެ ގޮތުގައި އެކުދިން ބައްޓަންކޮށްދެއްވާ.
މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވިގޮތުގައި ރީތި އަޚްލާޤާއި، ރިވެތި ސުލޫކުތަކާ އެކުގައި އިސްލާމްދީނަށް ލޯބިކުރުމުގެ ވިސްނުމާއި، ޤައުމަށް ޚިދުމަތްކުރުމުގެ އަޒުމް ދަރިވަރުންގެ ހިތްތަކުގައި އަށަގަންނުވަނީ ވެސް މުދައްރިސުންނެވެ.
މުދައްރިސްކަމަކީ އެކަނި ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، މިނިސްޓަރ އިތުރަށް ވިދާޅުވީ ލީޑިންގ ޓީޗަރުންނާއި, މުދައްރިސުންނާއި, ދަރިވަރުން އަދި ބެލެނިވެރިން ގުޅިގެން މަސައްކަތްކުރުމުން އަމާޒުތައް ހާސިލުވާނެ ކަމަށެވެ. އަދި ސްކޫލްތަކުގައި ދިމާވާ ގޮންޖެހުންތައް އެއް ރޫޙެއްގައި އެންމެން ގުޅިގެން ހައްލުކުރުމަށް ގޮވާލެއްވިއެވެ.
މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި މި ޚާއްޞަ އެސެމްބްލީގައި މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.
.