logo
banner image

ޤައުމީ "ކުރިމަގު ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމަށް ބާއްވާ "ކުރިމަގު ސައްލާ" އދ. އަތޮޅުގައި ނިންމާލައިފި

ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" އދ. އަތޮޅުގައި ބާއްވައިފި އެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ރައްޔިތުންނާއި ބައްދަލުކޮށް ޚިޔާލު އެއްކުރުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" ގެ ބައްދަލުވުންތައް ސެޕްޓެމްބަރ ގެ ނިޔަލަށް އދ. އަތޮޅުގެ ހުރިހާ ރަށެއްގައި ވަނީ ނިންމާލާފަ އެވެ.

ހުސްވި ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 30ގެ ނިޔަލަށް އދ. އަތޮޅުގައި ކުރިއަށްގެންދިއަ "ކުރިމަގު ސައްލާ" ބައްދަލުވުންތައް އެ އަތޮޅު ހުރިހާ ރަށެއްގައި ވަނީ ބާއްވާފަ އެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލް ހޯދުމަށް ކުރިއަށްގެންދާ ދިރާސާގެ ޢަމަލީ މަސައްކަތް ކުރަން ޙަވާލުކޮށްފައިވާ ކޮންސަލްޓެންޓް، "ނެކްސިޔާ މޯލްޑިވްސް" އިން ނެވެ.

މި ބައްދަލުވުންތަކުގައި މީގެ 20 އަހަރު ފަހުން އެބައެއްގެ ވަޒަން ނުވަތަ ދިވެހިރާއްޖެ އޮންނަން ބޭނުންވާ ގޮތަކީ ކޮބައިތޯ އޮޅުންފިލުވައި ރައްޔިތުން ބޭނުންވާ ތަސައްވުރަށް މި ޕްލޭންގެ ދަށުން މަގްޗާޓް ކުރަހަދޭނެއެވެ.