logo
banner image

ތ. އަތޮޅު އާރް.ޓީ.އެލް ފެރީގެ އަގުތައް ގެޒެޓްކޮށްފި

ތ. އަތޮޅުގައި ދެމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ޚިދުމަތުގެ އަގުތައް، މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މި އަގުތަކާއެކު، އޮކްޓޫބަރު މަހުގެ 4 ފެށިގެން، ތ. އަތޮޅުގައި އާރް.ޓީ.އެލް ފެރީގެ ދަތުރުތައް ކުރިއަށްގެންދާނީ އަގު ނަގައިގެންނެވެ.

 ޚިދުމަތަށް ކަނޑައަޅާފައިވާ އަގުތަކުގެ ތަފްސީލީ ލިސްޓު ގެޒެޓްކޮށްފައިވަނީ gazette.gov.mv/iulaan/361365 އިންނެވެ. އާރް.ޓީ.އެލް ފެރީގެ ޓިކެޓު ނެގުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިގޮތުން، 2025 އޮކްޓޫބަރު 01 ވާ ބުދަ ދުވަހުން ފެށިގެން، އާރް.ޓީ.އެލް މޯބައިލް އެޕްލިކޭޝަން އަދި ވެބް ޕޯޓަލް (rtl.mv/#/home) މެދުވެރިކޮށް ޓިކެޓު ނެގޭނެއެވެ.

އާރް.ޓީ.އެލް ފެރީގެ ޚިދުމަތަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ގޮތުން ކުރަމުންދާ ހިލޭ ދަތުރުތައް، 2025 އޮކްޓޫބަރު 02 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެއަށްފަހު، 2025 އޮކްޓޫބަރު 04 ވާ ހޮނިހިރު ދުވަހުން ފެށިގެން ތ. އަތޮޅުގައި އާރް.ޓީ.އެލް ފެރީ ދަތުރު ކުރާނީ ކަނޑައެޅިފައިވާ އަގުތަކަށް ފައިސާ ނަގައިގެންނެވެ.

މި ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމް.ޓީ.ސީ.ސީގެ ހޮޓްލައިން 1650 އަށް ގުޅުއްވުން އެދެމެވެ.