logo
banner image

ތ. ތިމަރަފުށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އާރް.ޑީ.ސީ އާއެކު ސޮއިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ތ. ތިމަރަފުށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރް.ޑީ.ސީ) އާއެކު ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ ތިމަރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުގެ ދެވަނަ ފިޔަވަހިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ. އަދި މަގުތައް ހެދުމުގެ މަސައްކަތް ޙަވާލުކުރެވުނު އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޝިލް އިބްރާހީމް ނަޡީމްއެވެ.

ތ. ތިމަރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މި މަޝްރޫޢުގެ ކޮންޓްރެކްޓް އަގަކީ 43,026,493.68 ރުފިޔާއެވެ. މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 730 ދުވަހެވެ. މި މަޝްރޫޢު ނިމުމުން ތިމަރަފުށީގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ މަގުތަކެއް ލިބި، ދަތުރުފަތުރުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.