logo
banner image

ރަސްގެތީމު، ހުޅުދުއްފާރު، މާކުރަތު، ރަސްމާދޫ، އިންނަމާދޫ، ކިނޮޅަސް އަދި ފައިނުގައި ބީއެމްއެލް އޭޓީއެމް ހުޅުވައިދެއްވައިފި

ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކުން ލިބޭނެ ގޮތް ހެއްދެވުމަށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު، ހުޅުދުއްފާރު، މާކުރަތު، ރަސްމާދޫ، އިންނަމާދޫ، ކިނޮޅަސް އަދި ފައިނުގައި ބީއެމްއެލް އޭޓީއެމް ހުޅުވައިދެއްވައިފިއެވެ.

އިއްޔެ މިއިން ކޮންމެ ރަށެއްގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތެއްގައި އޭޓިއެމް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފް ޢުމަރެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވައިދެއްވުމަށްފަހު، ރަމްޒީ އޭޓީއެމް ކާޑެއް ރަށު ކައުންސިލްގެ ރައީސާ ހަވާލުކޮށްދެއްވާފައެވެ. އޭޓިއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި، އެ ރަށްރަށުގެ ކައުންސިލުގެ ރައީސާއި، ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ވަނީ ރ. އަތޮޅު ވާދޫއާއި، އަނގޮޅިތީމުގައި ވެސް އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވައިފައެވެ. މިއާއެކު ރ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް މިހާރު މި ވަނީ ފެށިފައެވެ.