logo
banner image

މިނިސްޓްރީ އޮފް ސިޓީސްގެ ފަރާތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއެކު ބައްދަލުވުމެއް ބާއްވައިފި

މިއީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުގެ ތެރޭގައި ހިމެނޭ ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށް، މުޖުތަމަޢު ހޭލުންތެރިކޮށް، ތަންފީޒުކުރުމުގައި ސިޓީ ކައުންސިލުތަކާއި، އަތޮޅު ކައުންސިލުތަކާއި އަދި ރަށު ކައުންސިލްތަކުގެ ދައުރު އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

ދުންފަތުގެ އިސްތިޢުމާލުކުރަމުން އަންނަ ފަރާތްތައް މަދުކޮަށް، ދުންފަތުގެ ނުރައްކަލުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުފުޅުތަކުގެ ތެރޭގައި ހިމެނޭ ވަޢުދުފުޅެވެ.

މިނިސްޓަރ އޮފް ސްޓޭޓް މުޙައްމަދު ރަފީޤް ޙަސަން ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި އެކްޓިންގ ޕާމަނަންޓް ސެކްރެޓަރީއާއި މި މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވަޑައިގެންނެވިއެވެ. މި ސަރުކާރުން އަންނަނީ ރާއްޖޭގެ ރައްޔިތުންގެ ދުޅަހެޔޮކަމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.