އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ދިވެހިރާއްޖެ ހޮވިއްޖެ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ޖިއޯމެޓިކްސް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް މުހައްމަދު ޝާފީ، އ.ދ ގެ ކޮމިޓީ އޮފް އެކްސްޕަރޓްސް އޮން ގްލޯބަލް ޖިއޯސްޕޭޝަލް އިންފޮމޭޝަމް މެނޭޖްމަންޓް ފޯރ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެން-ޖީ.ޖީ.އައި.އެމް.އޭ.ޕީ.) ގެ އެގްޒެކެޓިވް ބޯޑުގެ 2025-2028 ވަނަ ދައުރަށް މިއަދު ދެކުނު ކޮރެއާ ގައި ބޭއްވި ޔޫއެން-ޖީ.ޖީ.އައި.އެމް.އޭ.ޕީ. ގެ 14 ވަނަ ޕްލިނަރީ ބައްދަލުވުމުގައި ހޮވިއްޖެއެވެ.
ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝާފީ ހޮވިވަޑައިގެންފަިވަނީ ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުންނެވެ. އަދި އާމީނިއާ، އޮސްޓްރޭލިއާ، ފިޖީ، އީރާން، ޖަޕާން، މެލޭޝިއާ، މޮންގޯލިއާ، ޕާކިސްތާން، ރަޝިއާ އަދި ޓޮންގާގެ މަންދޫބުންނާއެކު ގޮނޑި ހޯދާފައިވެއެވެ.
މިއީ ދިވެހިރާއްޖެއިން އ.ދ. ގެ ޖީ.ޖީ.އައި.އެމް.އޭ.ޕީ. އެގްޒެކްޓެކިވް ބޯޑުގެ މެމްބަރުކަން އަދާކުރާނެ ފުރަތަމަ ފަހަރެވެ. އަދި މިއާއެކު ދިވެހިރާއްޖެއިން މި ކޮމިޓީގައި ޖިއޯސްޕޭޝަލް ދާއިރާއިން ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުމަށް އިސްދައުރެއް އަދާކުރާނެއެވެ. އ.ދ. ގެ ޖީ.ޖީ.އައި.އެމް.އޭ.ޕީ. ގެ އެގްޒެކްޓެކިވް ބޯޑުގައި، ދެ ކޯ-ޗެއަރ އަދި ތިން ވައިސް-ޗެއަރ، ހިމެނޭހެން މުޅިއެކު 15 މެމްބަރުން ހިމެނޭނެއެވެ. މި ކޮމިޓީގެ މަސައްކަތްތައް ހިންގައި ރާވުމުގައި އެގްޒެކްޓެކިވް ބޯޑުން އިސް ދައުރެއް އަދާކުރެއެވެ.
އ.ދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. އަކީ އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގައި ޖިއޯސްޕޭޝަލް މަޢުލޫމާތު ތަރައްޤީކޮށް ބެލެހެއްޓުމުގައި އިސްދައުރެއް އަދާކޮށް، ވިލަރެސްކޮށް އަދި އެހީތެރިވެދޭ ސަރަޙައްދީ ޖަމުޢިއްޔާއެކެވެ. 56 ގައުމުގެ ހިމެނޭ މި ޖަމުޢިއްޔާއަކީ އ.ދ. ގެ ޖީ.ޖީ.އައި.އެމް. ގެ އޮނިގަނޑުގެ ދަށުން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގަމުންދާ ޖަމްޢިއްޔާއެކެވެ.