logo
banner image
ޚާރިޖީ ވުޒާރާ

މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ އަދި ފަތުރުވެރިކަމާ ބެހޭ ވަޒީރަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

މޯލްޓާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ އަދި ފަތުރުވެރިކަމާ ބެހޭ ވަޒީރު، ޑޮކްޓަރ އިއަން ބޯގް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‏‎ވަޖީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

‏"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި މޯލްޓާގެ ސަރުކާރަށާއި ރައްޔިތުންނަށް މޯލްޓާގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

އަޅުގަނޑުގެ އުންމީދަކީ މަނިކުފާނާ ގުޅިގެން ދިވެހިރާއްޖެ އާއި މޯލްޓާ އާ ދެމެދުގައި އޮންަނަ ރަހުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިކުރުމަށް މަސަައްކަތްކުރުމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."