logo
banner image

ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢުގެ 14 ވަނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ ބައްދަލުވުން ބާއްވައިފި

ގްރޭޓަރ މާލެ ކަނެކްޓިވިޓީ، މާލެ-ތިލަފުށި ލިންކް މަޝްރޫޢުގެ 14 ވަނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ (JPMC) ބައްދަލުވުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބާއްވައިފިއެވެ.

މި މުހިންމު ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. އަބްދުﷲ މުއްތަލިބް އާއި، ދިވެހިރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިސް އެކްސެލެންސީ ޖީ. ބާލަސުބްރަމާނިއަން އެވެ.

މަޝްރޫޢުގެ ކުރިއެރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި، ދިވެހި ސަރުކާރުގެ އިސްވެރިންގެ އިތުރުން، މަޝްރޫޢަށް ފަންޑުކުރާ އެގްޒިމް ބޭންކް އޮފް އިންޑިއާ، މަޝްރޫޢުގެ ކޮންޓްރެކްޓަރ އެފްކޮންސް އަދި ކޮންސަލްޓަންޓް އާރަޕްގެ އިސްވެރިންނެވެ. މި ބައްދަލުވުމުގައި މަޝްރޫޢުގެ މިހާރުގެ ހާލަތާއި، ދެފަރާތުން ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.