މިނިސްޓަރ ޠާރިޤް އިބްރާހީމް ސްޓެލްކޯގެ އެމްޑީއާ ބައްދަލުކުރައްވައިފި
ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމާއި އިއާދަކުރަނިވި ހަކަތަ އިތުރުކުރުމުގެ މަޝްވަރާތަކެއް ކުރުމަށް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ ޠާރިޤް އިބްރާހީމް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ބޭއްވުނު މި ބައްދަލުވުމުގައި، ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމާއި، ގައުމީ ވިއުގައަށް އިއާދަކުރަނިވި ހަކަތަ އިތުރަށް ތަޢާރަފުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި އަދި އަގުހެޔޮ ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ.
މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަކީ ސަރުކާރުގެ އުގެ އިސް އަމާޒެއް ކަމަށެވެ. އަދި މިކަމަށްޓަކައި ސްޓެލްކޯއާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ސްޓެލްކޯގެ އެމްޑީ އަޙްމަދު ޝަމާޙް ރަޝީދު ވިދާޅުވީ، ރާއްޖޭގެ ކަރަންޓުގެ ވިއުގަ ހަރުދަނާކޮށް، އިއާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް ސްޓެލްކޯއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިނިސްޓިސްޓްރީގެ އެހީތެރިކަމާއެކު މި މަސައްކަތްތައް އިތުރަށް ހަލުވިކުރެވޭނެ ކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން އެއްބަސްވެވުނީ، ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށް ގުޅިގެން މަސައްކަތްކުރުމަށެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް ކުރެވެންހުރި އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.