logo
banner image

އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު - 45 ވަނަ މާއްދާ

45. ޝަރީޢަތަށް މައްސަލަ ހުށަހެޅުން

(ހ) މި ޤާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިނިސްޓްރީގެ މުރާޖަޢާ ކޮމިޓީން ނިންމުމެއް ނިންމުމަށްފަހު، އެ މައްސަލަ ހުށަހެޅި ފަރާތަށް އަންގާ އެންގުމުގައި ބަޔާންކުރާ ސަބަބުތައް މައްސަލަ ހުށަހެޅި ފަރާތަށް ޤަބޫލުނުކުރެވޭނަމަ، އެ ލިޔުން އެފަރާތަށް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ ޙައްޤު އެފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބިދެވޭނީ، މި ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހުގައެވެ.