logo
banner image

އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު - 44 ވަނަ މާއްދާ

44. އޮތޯރިޓީގެ ނިންމުން މުރާޖަޢާކުރުން

(ހ) މި ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ޝަކުވާއަކާ ގުޅިގެން ނުވަތަ މި ޤާނޫނުގެ 41 ވަނަ މާއްދާގެ ދަށުން އޮތޯރިޓީގެ އަމިއްލަ އިސްނެގުމުގައި މައްސަލަ ބެލުމުގައި އޮތޯރިޓީން ނިންމާ ނިންމުމެއްގެ ސަބަބުން މީހެއްގެ ޙައްޤަކަށް އުނިކަން ލިބޭކަމަށް އެފަރާތަށް ޤަބޫލުކުރެވޭނަމަ، އެ ނިންމުމެއް މުރާޖަޢާކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން ނިންމާ ނިންމުން މުރާޖަޢާކުރުމަށް ހުށަހަޅާނެގޮތުގެ އިޖުރާއަތުތަކާއި، މުރާޖަޢާކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން މުރާޖަޢާކުރުމަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި، މިނިސްޓްރީގައި މުރާޖަޢާ ކޮމިޓީއެއް އެކުލަވާލާފައި އޮންނަންވާނެއެވެ.