logo
banner image

އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު - 43 ވަނަ މާއްދާ

43. މައްސަލަ ނިމުނުގޮތުގެ ރިޕޯޓު

(ހ) މި ޤާނޫނުގެ 39 ވަނަ މާއްދާއާއި މި ޤާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ކޮމިޓީން މައްސަލަ ބެލުމަށްފަހު، ރިޕޯޓެއް ތައްޔާރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ތައްޔާރުކުރާ ރިޕޯޓުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(1) މައްސަލަ ބެލި ގޮތް؛

(2) މައްސަލަ ބެލުމުގައި ކޮމިޓީން ހޯދާފައިވާ ހޯދުންތައް؛

(3) މި އަކުރުގެ (2) ވަނަ ނަންބަރުގައިވާ މަޢުލޫމާތާއި ހޯދުންތައް ބިނާކޮށްފައިވާ ހެކި؛

(4) މައްސަލައާ ގުޅިގެން ނުވަތަ އެކަމާ ގުޅޭގޮތުން އޮތޯރިޓީއަށް ފެންނަ ކަންކަން ނުވަތަ އޮތޯރިޓީން ހުށަހަޅާ ކަންކަމާއި އޮތޯރިޓީގެ ނިންމުން.