logo
banner image

އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު - 42 ވަނަ މާއްދާ

42. މައްސަލަ ބެލުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް

މި ޤާނޫނުގެ 39 ވަނަ މާއްދާއާއި، މި ޤާނޫނުގެ 41 ވަނަ މާއްދާގެ ދަށުން އޮތޯރިޓީން ބަލާ މައްސަލަތައް ބެލުމުގައި އަންނަނިވި އިޖުރާއަތުތައް ފުރިހަމަކުރަންވާނެއެވެ.

(ހ) މައްސަލައެއް ނުވަތަ ޝަކުވާއެއް ހުށަހެޅި ފަރާތަށް އެ މައްސަލައެއް ނުވަތަ ޝަކުވާއެއް އޮތޯރިޓީގައި ރަޖިސްޓަރީކުރެވުނުކަން ލިޔުމުން އެންގުން؛

(ށ) މައްސަލަ ރައްދުވާ ފަރާތަށް މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުން؛

(ނ) މައްސަލަ ބަލައި ނިމުމުން، އޮތޯރިޓީން ނިންމި ގޮތް މައްސަލަ ހުށަހެޅި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް ލިޔުމުން އެންގުން.