logo
banner image

ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ސާފުތާހިރުކަން ކަށަވަރުކުރުމަށް ސިޔާސަތެއް އެކުލަވާލަނީ

ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ސާފުތާހިރުކަން ކަށަވަރުކުރުމަށް ސިޔާސަތެއް އެކުލަވާލަނީ

ރާއްޖޭގައި ފެނާއި ސާފުތާހިރުކަން (WASH) ކަށަވަރުކުރުމަށްޓަކައި ގައުމީ ފެންވަރުގައި އެކުލަވާލާ ފުރަތަމަ ސިޔާސަތާއި އަމަލީ ނިޒާމުގެ ދެލިކޮޕީ، ޓޫރިޒަމް އަދި ތިމާވެށި މިނިސްޓްރީން ޔުނިސެފްގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފިއެވެ.

މި ސިޔާސަތުގެ މައިގަނޑު މަޤްސަދަކީ، ރައްކާތެރި ބޯފެން ލިބުން ކަށަވަރުކުރުމާއި، ސާފުތާހިރުކަން ރަނގަޅުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދުޅަހެޔޮ ތިމާވެއްޓެއް ޤާއިމުކުރުމެވެ. މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެނާއި ސާފުތާހިރުކަމުގެ ޚިދުމަތްތައް ހަމަހަމަކޮށް ލިބިގެންދިއުމަށްޓަކައި ވަރަށް މުހިއްމު ފިޔަވަޅެކެވެ.

މި ދެލިކޮޕީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، މިއަދު ވަނީ ވެލިޑޭޝަން ވޯކްޝޮޕެއް ބާއްވާފައެވެ. މި ވޯކްޝޮޕްގައި ސަރުކާރުގެ މުއައްސަސާތަކާއި، ޔުޓިލިޓީ ކުންފުނިތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުންނާއި، ގުޅުންހުރި އެހެނިހެން ފަރާތްތަކުން ބައިވެރިވެފައިވެއެވެ. މިފަދަ މުހިއްމު ފަރާތްތަކުގެ ބައިވެރިވުމަކީ، މި ސިޔާސަތު އިތުރަށް ހަރުދަނާކޮށް، ރައްކާތެރި ފެނާއި، ރަނގަޅު ސާފުތާހިރުކަމާއި، ދުޅަހެޔޮ ތިމާވެއްޓެއް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމަށްޓަކައި ވަރަށް މުހިއްމު ފިޔަވަޅެކެވެ.

މި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ސިއްހަތާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.