logo
banner image

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ތިލަދުންމަތީ އުރުބުރީ އުތީމު ކައުންސިލުގެ އިސް މަސްއޫލުވެރީންނާ މިއަދު ބައްދަލުކުރައްވައިފި.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ތިލަދުންމަތީ އުރުބުރީ އުތީމު ކައުންސިލުގެ އިސް މަސްއޫލުވެރީންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ތަރިކައިގެ ދާއިރާއިން ސަރުކާރުން އުތީމުގައި ކުރިއަށް ގެންދަވާ މަސައްކަތްތަކާ މެދު މަޝްވަރާކުރެވުނެވެ.

މިގޮތުން އުތީމު ގަނޑުވަރުގެ އަސްލު ނުގެއްލޭ ގޮތަށް ގަނޑުވަރު ބެހެއްޓުމާއި، ގަނޑުވަރު މަރާމާތުކުރުމާއި، ގަނޑުވަރު ހުންނަ ސަރަހައްދު ބެލެހެއްޓުމުގެ އިތުރުން ވަށައިގެންވާ ސަރަހައްދު ޒަމާނީކޮށް ތަރައްޤީކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

މީގެ އިތުރުން ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ދާރުލްއާސާރެއް ޤާއިމުކުރުމާއި، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއް ކަމުގައިވާ ޣާޒީ ރަދުންގެ އަސަރުތައް ދިރުވުމުގެ މަޝްރޫޢުގެ ދަށުން އުތީމުގައި ތަރައްޤީކުރެވޭ ވާހަކަވަލާއި، ބިނާކުރެވޭ ބޮޑުތަކުރުފާނު ދޮރާށްޓާ ބެހޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.

އުތީމަކީ ރާއްޖޭގެ މުހިންމު ރަށަކަށް ވުމާއެކު މި ރަށަށް ޒިޔާރަތްކުރާ މެހެމާނުން އިތުރުކުރުމާއި އެބޭފުޅުންނަށް މެހެމާންދާރީ އަދާކުރުމާއި ރަށުގެ ހައިބަތު އިތުރުކުރުމަށް އަޅާނެ ފިޔަވަޅުތަކާއި މެދު ވެސް ވަނީ މަޝްވަރާކުރެވިފައެވެ.

މި ބައްދަލުވުމުގައި ވުޒާރާގެ ފަރާތުން ވަޒީރުގެ އިތުރުން ވުޒާރާގެ އިސް މަސްއޫލުވެރީން ބައިވެރިވެވަޑައިގެންފައި ވާ އިރު ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލު އިދާރާގެ ފަރާތުން ބައިވެރިވަޑައިގެންފައިވަނީ ރައީސް ޢަބްދުﷲ ރަޝީދު އާއި ސެކްރެޓަރީ ޖެނެރަލް ފާޠިމަތު ޙަމްދާއެވެ