logo
banner image

ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް، ސުވީޑަންގެ ސަފީރާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސުވީޑަންގެ ސަފީރު ހިޒް އެކްސެލެންސީ ޖޭން ތެސްލެފްއާ، މިނިސްޓަރ ޠާރިޤު އިބްރާހިމްއަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ޖަލްސާ ކުރާމާލަމުގައެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި، ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. ދެ ފަރާތުންވެސް ވަނީ ދެ ޤައުމުގެ ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ޤަސްތުކުރާކަން ހާމަކުރައްވާފައެވެ.

މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމާއި، ކުރިމަގުގައި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އޮތް ޝައުޤުވެރިކަން ދައްކުވައިދިން ބައްދަލުވުމެއް ކަމަށް މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.