logo
banner image
ދިފާޢީ ވުޒާރާ

އޮސްޓްރޭލިއާގެ އިންޑޯ-ޕެސިފިކް އެންޑެވަރގެ ކޮމާންޑަރ ދިފާޢީ ވަޒީރާ ބައްދަލުކުރައްވައިފި

އޮސްޓްރޭލިއާގެ އިންޑޯ-ޕެސިފިކް އެންޑެވަރގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނިފަރ ހެރިސް، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައިވާ ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، އިންޑޯ-ޕެސިފިކް އެންޑެވަރގެ ޙަރަކާތްތަކާއި އަދި ދެ ފަރާތުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އަދި ކޮމާންޑަރ ބްރިގޭޑިއަރ ޖެނިފަރ ހެރިސް ބައްދަލުކުރެއްވީތީ އާއި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މުހިންމު ކަންތައްތައް ފާހަގަކުރައްވައި ދިފާޢީ ވަޒީރު އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.