logo
banner image

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް 60 ގަސް އިންދައިފި

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްސަ ޕްރޮގްރާމެއްގެ ދަށުން 60 ގަސް އިންދައިފިއެވެ. މި ހަރަކާތުގައި، ދިވެހިރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ގީތު ބާލަސުބްރަމާނިއަމް އާއި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު، އޮނަރަބަލް ޠާރިޤު އިބްރާހިމް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ޚާއްސަ ހަރަކާތް ކުރިއަށް ގެންދެވުނީ ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުންތަކަށް އަލިކަމެއް ގެނެސްދިނުމާއި، ކުރިމަގަށްޓަކައި މި ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުގައެވެ. ގަސް އިންދުމުގެ މި ހަރަކާތް ހުޅުވާލެވުނީ ހުޅުމާލޭގެ މުހިންމު ސަރަހައްދެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ދިވެހިރާއްޖެއާއި އިންޑިއާއަކީ އެތައް އަހަރުތަކެއް ވަންދެން ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ. ސިޔާސީ، އިޤްތިސާދީ އަދި ސަގާފީ ގޮތުންވެސް މި ދެ ގައުމުގެ ގުޅުން ދަނީ ދުވަހުން ދުވަހަށް ވަރުގަދަވަމުންނެވެ. ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި ގޮތަކަށް ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މިފަދަ ހަރަކާތްތަކަކީ މުހިންމު ދައުރެއް އަދާކުރާނެ ކަންކަމެވެ.

މި ހަރަކާތުގެ ޝަރަފުވެރި މެހުމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު އޮނަރަބަލް ޠާރިޤު އިބްރާހިމް އަށް ހާއްސަ ޝުކުރެއް ދަންނަވައިފައިވެއެވެ. މިއީ ދެ ގައުމުގެ މެދުގައިވާ ރަހުމަތްތެރިކަމުގެ ގުޅުންތައް ދިރުވައި އާލާކުރުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.

މި ޙަފްލާއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމު ގުޅިގެން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްކުރުމަށް އިތުރަށް ހިތްވަރުދޭނޭ ހަފްލާއެއްކަން ފާހަގަކުރެވެއެވެ.