logo
banner image
ދިފާޢީ ވުޒާރާ

މުޙްޔިއްދީން ސުކޫލުގެ ސްކައުޓުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޝަހީދު ޢަލީއަށް ޒިޔާރަތްކޮށްފި

ވިލިމާލޭ މުޙްޔިއްދީން ސުކޫލުގެ ސްކައުޓުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޝަހީދު ޢަލީއަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

އެ ސްކޫލުގެ 20 ސްކައުޓުން ބައިވެރިވި މި ޒިޔާރަތުގައި، ދަރިވަރުންނަށް ވަނީ ޝިޕް ސޭފްޓީ، ވޯޓަރ ސޭފްޓީ، ޑައިވިންއާއި ފަޔަރފައިޓިންގގެ ތަޢާރަފު، އަދި ލައިފް ޖެކެޓާއި ލައިފް ރިންގ ބޭނުންކުރާނޭ ގޮތްތައް ކިޔައިދީފައެވެ.

މި ޒިޔާރަތުގައި، ސްކައުޓުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޝަހީދު ޢަލީގެ ސިފައިންނެވެ.