logo
banner image
ދިފާޢީ ވުޒާރާ

އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ކުޑަކުދީންގެ ހަވީރުގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ

އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އިންތިޒާމުކޮށްގެން ބޭއްވި ކުޑަކުދީންގެ ހަވީރުގައި އެމްއެންޑީއެފުން ބައިވެރިވެއްޖެއެވެ.

އުސްފަސްގަނޑުގައި މިއަދު ބޭއްވި މި ހަވީރުގައި، ކުޑަކުދީންނަށް ހުޅުވާލައިގެން އިންޖިނިއަރިންގގެ ދާއިރާއާ ގުޅޭ ތަފާތު ގިނަ ކުޅިވަރުތަކާ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވާއިރު، މި ހަވީރުގައި އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް، އަދި، ސިގްނަލްސްއިން ވަނީ ބައިވެރިވެފައެވެ.

މީގެއިތުރުން މި ހަވީރުގައި، ސްޓެލްކޯ، ފެނަކަ، އާރުޑީސީ، އެޗްޑީސީ، އެމްޓީސީސީ، އެމްއޭސީއެލް، އަދި އެމްސީސީން ވެސް ބައިވެރިވެ ސްޓޯލްތައް ވަނީ ބަހައްޓާފައެވެ.

މި ކުޑަކުދީންގެ ހަވީރަށް ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، އެމްއެންޑީއެފްގެ ސްޓޯލްތަކަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފައެވެ.