logo
banner image

މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ ސްޓޫޑަންޓް ލޯނު ސްކީމްގެ ތަފާސް ހިސާބުތަކުގެ ތެރެއިން

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން 11 ސެޕްޓެމްބަރ 2025ގެ ނިޔަަލަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުުރުމަށް ދޫކުރެވިފައިވާ މާލީއެހީއާއި ގުޅޭ ތަފާސްހިސާބުތައް ވަނީ ޝާޢިއުކޮށްފައެވެ.

މި އަހަރުގެ 11 ސެޕްޓެމްބަރ ގެ ނިޔަލަށް ޖުމްލަ 365،271،058.82 ރުފިޔާ ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުުރުމަށް ބޭނުންވާ މާލީ އެހީގެގޮތުގައި ދަރިވަރުންނަށް ދޫކޮށްފައެވެ.

މި އަހަރު ސްޓޫޑަންޓް ލޯނު ސްކީމްގެ ދަށުން ޖުމްލަ 396 ދަރިވަރުން ދަނީ މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރަމުންނެވެ. މި ދަރިވަރުންގެ ތެރޭގައި، 243 އަންހެން ދަރިވަރުންނާއި 153 ފިރިހެން ދަރިވަރުން ހިމެނެއެވެ. އަދި މި އަހަރު 155 އަންހެން ދަރިވަރުންނާއި 227 ފިރިހެން ދަރިވަރުން ވަނީ ސްޓޫޑަންޓް ލޯނު ސްކީމްގެ ދަށުން މަތީ ތަޢުލީމާއި ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައެވެ.

ދިވެހިރާއްޖެ ހިމެނޭހެން ޖުމްލަ 40 ޤައުމެއްގައި، 1،041 އަންހެން ދަރިވަރުންނާއި 692 ފިރިހެން ދަރިވަރުން ދަނީ މި ވަގުތު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ދޫކުރަމުންދާ މާލީ އެހީގެ ދަށުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރަމުންނެވެ.