logo
banner image

ވަޒީރު ރާފިޢު، ނ. މާޅެންދޫގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ނ. މާޅެންދޫ ކައުންސިލާ ބައްދަލުކުރައްވައި އެ ރަށުގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މަޝްވަރާކުރައްވައިފި އެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި އޮތް ބައްދަލުކުރެއްވުމުގައި މާޅެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ހަސަން އާއި އެ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ނަވީޒް ވެސް ބައިވެރިވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި މާޅެންދޫ ކައުންސިލުން ވަނީ އެރަށުގެ ކުޅިވަރުގެ ހާލަތު ވަޒީރާ ހިއްސާކުރައްވާފަ އެވެ. މިގޮތުން އެ ރަށުގައި މިވަގުތު ހުރި ކުޅިވަރު ވަސީލަތްތަކަށް ބޭނުންވާ މަރާމާތުތަކާ ގުޅޭކަންކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ރާފިޢު ވަނީ މާޅެންދޫގެ ކުޅިވަރު ހާލަތު ރަނގަޅު ކުރުމާއި، ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެ ރަށުގައި ގާއިމްކުރަން ހަމަޖެހިފައިވާ ކުޅިވަރު މަޝްރޫޢުތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.