logo
banner image

ކުލަބު މޯލްޑިވްސް ކަޕް 2025 ގައި ވާދަކުރާ، ދިވަރު ރެކްރިއޭޝަން ކުލަބުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި.

ކުލަބު މޯލްޑިވްސް ކަޕް 2025 ގައި ވާދަކުރާ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދިވަރު ރެކްރިއޭޝަން ކުލަބުގެ ކުޅުންތެރިންނަށް ރަސްމީކޮށް ޖާޒީ ހަވާލުކޮށްފި އެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެވެ.

ކުލަބު މޯލްޑިވްސް ކަޕްގައި ދިވަރު ރެކްރިއޭޝަން ކުލަބު ކުޅޭ ފުރަތަމަ މެޗް އޮންނަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 20:15 ގައި ހުޅުމާލެ، ރެހެންދި ޓާފް ދަނޑުގައެވެ. މި މެޗްގައި ދިވަރު ރެކްރިއޭޝަން ކުލަބާ ވާދަކުރަނީ ފިޝަރީޒް ރެކްރިއޭޝަން ކުލަބެވެ. ކުލަބު މޯލްޑިވްސް ކަޕްގައި ބައިވެރިވާ ޓީމުތައް ބަހާލާފައި ވަނީ 6 ގުރޫޕަކަށެވެ. ދިވަރު ރެކްރިއޭޝަން ކުލަބު ހިމެނެނީ އޭގެ ތެރެއިން ގްރޫޕް ސީ ގައެވެ.