logo
banner image

މިދިޔަ ހަފްތާގައި ކިރުވި މަހަށް މިފްކޯއިން 6.3 މިލިޔަން ރުފިޔާ ދޫކޮށްފި

މިދިޔަ ހަފުތާގައި ރާއްޖޭގެ މަސްވެރިން ކިރުވި މަހަށް 6.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ ހަފުތާގައި ޖުމްލަ 160 ދޯންޏަކުން މިފްކޯއަށް މަސްކިރުވާފައިވެއެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް 160 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެގޮތުން މަސްވެރިންނަށް މުޅި ޖުމްލަ 6,374,926 ރުފިޔާ ދޫކޮށްފައިވެއެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެގޮތުން އެދުވަހު 34 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެ ދޯނިތަކަށް މުޅި ޖުމްލަ 1,476,368 ރުފިޔާ ވަނީ ދޫކޮށްފައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ އަދުގެ ސަރުކާރުގެ އިސްކަންދެއްވާ މުހިންމު ތަޞައްވުރެކެވެ. މި ތަޞައްވުރު ޙާޞިލްކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މިހާރު ވަނީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއްވެސް ފަށާފައެވެ.