ބަޔޯޕެސްޓިސައިޑް:މިރުހާއި ހިތިއޮށު ބޭސް
ދަނޑުވެރިކަމުގައި ބޭނުންކުރާ ބޭސްތަކަކީ ހުރިހާ ގޮތަކުން ރައްކާތެރިއެއްޗަކަށް ވާންޖެހެއެވެ. އެހެންވީމާ ގަސްތަކަށް ޖަހާ ބޭހަކީ ރައްކާތެރި އެއްޗަކަށް ހެދުމަށް ބަޔޯޕެސްޓިސައިޑް ނުވަތަ ރައްކާތެރި ގޮތުގައި ތައްޔާރު ކުރެވޭ ބޭހެއް ބޭނުންކުރުން ވަރަށް މުހިންމެވެ. މިފަދަ ބޭސްތައް ހިއްސާ ކުރުމުގެ ގޮތުން މި ވުޒާރާއިން މި ބަލާލަނީ މިރުހާއި ހިތިއޮށު ބޭސް ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާ ތަކެތި
- 12 ތޮޅި މިރުސް (ކުދިކޮށް ކޮށާފައި)
- 200 ގްރާމް ހިތި އޮއް(ހިއްކާފައި)
- 4 ލީޓަރު ފެން
ބޭސް ތައްޔާރުކުރާނެ ގޮތް
ހިތި އޮއްތައް ފުޑާލާފައި ފެނަށް އަޅާފައި އެއް ރޭ ވަންދެން ބަހައްޓާށެވެ. އެއަށް ފަހު މިރުސްކޮޅި އަޅާފައި ގިރާލާށެވެ.
ބޭސް ބޭނުންކުރާނެ ގޮތް
ބަލި ޖެހިފައިވާ ގަސްތަކަސް ސްޕްރޭ ކުރާށެވެ.
މި ބޭހުން ކޮންޓްރޯލް ކުރެވޭނީ
- އެފިޑް
- ޑައިމަންޑް މޮތު
- ހުދު ކޫޑި