ޖަޕާނުގެ ސަފީރު ދިފާޢީ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ދިފާޢީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، ދިފާޢީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނެވެ.
އަދި ޖަޕާނު ސަރުކާރުގެ ދީލަތި އެހީތެރިކަމުގެ ދަށުން ރާއްޖޭގައި ހިންގަމުން އަންނަ އެކި މަޝްރޫޢުތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ދިފާޢީ ވަޒީރު، ޖަޕާނުގެ ސަފީރަށް ޝުކުރު އަދާކުރެއްވިއެވެ.