logo
banner image
ޚާރިޖީ ވުޒާރާ

ތަޖިކިސްތާން ގެ މިނިވަން ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ފޮނުއްވައިފި

ތަޖިކިސްތާން ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ސިރޯޖިއްދީން މުހިރިއްދީން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރގެ މެސެޖު ތިރީގައި އެވަނީއެވެ.

"ތަޖިކިސްތާން ގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ތަޖިކިސްތާން ގެ ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ދިވެހިރާއްޖެ އާއި ތަޖިކިސްތާން އާ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުން، ކުރިއަށްއޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންދާނޭކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތެވެ.

މިފުރުސަތުގައި މަނިކުފާނުގެ ދުޅަހެޔޮ ސިއްހަތާއި ތަޖިކިސްތާން ގެ ރައްޔިތުންނަށް އަމާންކަމާއި، އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ. އަދި އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އަރުވަމެވެ."