logo
banner image

ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ފިރިހެން ޓީމަށް ވަޒީރު ރާފިޢު ޖާޒީ ހަވާލުކޮށްދެއްވައިފި

އޭޝިއަން ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ 17 އަހަރުންދަށުގެ ފިރިހެން ޓީމަށް، ކުޅީވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޖާޒީ ހަވާލުކޮށްދެއްވައިފިއެވެ.

ފުރަތަމަ ފަހަރަށް ބާއްވާ އޭޝިއަން 17 އަހަރުން ދަށުގެ ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ މެޗުތައް ކުރިއަށްދާނީ މިމަހުގެ 15 އިން 25އަށް އުރުދުންގެ ވެރިރަށް އައްމާންގައެވެ.

މި މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން 9 ގައުމަކުން ވާދަކުރާނެއެވެ. އެއީ ކުވައިތު، ބަހްރެއިން، ހޮންކޮންގް، ޖޯޑަން، ޗައިނީސް ޓައިޕޭ، އިންޑިއާ، ދެކުނު ކޮރެއާ، އީރާން، އަދި ސީރިއާ އެވެ.

މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް، އޭޝިއާ ތަމްސީލުކުރާނީ އޮކްޓޯބަރު 24 އިން ނޮވެމްބަރު 1 އަށް މޮރޮކޯގައި ބާއްވާ ފުރަތަމަ ވޯލްޑް 17 އަހަރުން ދަށުގެ ހޭންޑްބޯލް ޗެމްޕިއަންޝިޕްގަ އެވެ.