logo
banner image
ދިފާޢީ ވުޒާރާ

އައްޑޫ ސިޓީގެ 6 ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ 6 ގެއެއްގެ ފުރާޅު ވަޔާ އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ، ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މިއަދު އައްޑޫ ސިޓީއަށް ކުރި ވިއްސާރައާ އެކު އައި ގަދަ ކޮޅިގަނޑުގައި، އައްޑޫ ސިޓީ، މަރަދޫފޭދޫގެ 6 ގެއެއްގެ ފުރާޅު ވަޔާ އެކު މަގުމައްޗަށް އެއްލާލާފައިވެއެވެ. އެ 6 ގޭގެ ފުރާޅު އެއްލާލުމާ ގުޅިގެން ފުރާޅު މަގުމަތިން އެއްފަރާތްކޮށް، ފުރާޅު ހެދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.