ވަޒީރު ރާފިޢު، މަނަދޫ ދާއިރާގެ މެންބަރާ ބައްދަލުކުރައްވައިފި
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް އާއި ނ. މާފަރު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކުޅިވަރުގެ ވަޒީރު ރާފިޢުގެ އިތުރުން މާފަރު ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި މަނަދޫއަށް ބޭނުންވާ ކުޅިވަރު ވަސީލަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން މާފަރުގައި ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއިގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
-1757387581669.webp)
މީގެ އިތުރުން އެ ރަށުގެ ކުޅިވަރު ކަންކަމަށް ބޭނުންވާ ކުޅިވަރު ސާމާނު ހޯދުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ އެ ރަށުން ފާހަގަކޮށްފައިވާ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުންކުރައްވަމުން އަންނަ މަސައްކަތްތަކާއި، މި މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.