ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމާ ގުޅޭގޮތުން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ޕީއެސްއެމްއާއެކު މަޝްވަރާކުރައްވައިފި.
ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމާ ގުޅޭގޮތުން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއެކު މަޝްވަރާކުރައްވައިފި އެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ، ޤައުމީ ދާރުލް އާސާރު އިމާރާތުގައި މިއަދު ބޭއްވި މި މަޝްވަރާތަކުގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި މަޝްވަރާތަކުގައި، މި އަހަރު ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާތީ މި ހަރަކާތްތަކުގައި މީޑިއާގެ ދައުރު ފުޅާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ. އަދި އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި ވުޒާރާއިން ކުރިއަށްގެންދިއުމަށް ރާވަފައިވާ ހަރަކާތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވައި ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންނާ މަޝްވަރާކުރައްވާފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި މި ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒްގެ އިތުރުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމިނާއި އެގްޒެކްޓިވް ޑިރެކްޓަރ އޮފް ޓެކްނޮލޮޖީ ޙުސައިން ޝުހާދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.