logo
banner image

ފަރުމަހުގެ މަސްވެރިކަން މޮނިޓާކުރުމުގެ ސާވޭތަކެއް މ.އަތޮޅު މުލީގައި ފަށައިފި

ފަރުމަހުގެ މަސްވެރިކަން މޮނިޓާކުރުމުގެ ސާވޭތަކެއް މ.އަތޮޅު މުލީގައި ފަށައިފިއެވެ.

ޓްރާންސްފޯމް މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ފަރުމަހުގެ މަސްވެރިކަން މޮނިޓާ ކުރުމުގެ ސާވޭ އަކީ މޯލްޑިވްސް މެރިން ރިސާޗް ސެންޓަރުގެ ސައިންސް އަދި ދިރާސާ ޓީމުން މިއަހަރު ކުރިއަށްގެންދާ 6 ވަނަ ސަވޭ އެވެ.

މި ސާވޭތަކުން ލިބޭ މައުލޫމާތާއި ހޯދުންތަކުން ރަށު ފެންވަރުގެ މަސްވެރިކަމާއި އޭގެ ސަބަބުން ފަރުމަހުގެ އަބާދީއަށް ކުރާ އަސަރުތައް އިތުރަށް ދެނެގަތުމަށް މަގުފަހިވެގެންދާނެ އެވެ. އަދި ހެކިތަކުގެ މައްޗަށް ބިނާކޮށް މަސްވެރިކަން މެނޭޖްކުރުން ހަރުދަނާވެގެންދާނެ އެވެ.

މި ސާވޭ ކުރިއަށް ގެންދިއުމުގައި މ.މުލި ކައުންސިލާއި ރަށުގެ މަސްވެރިންނާއި މަސް ޕްރޮސެސްކުރާ ފަރާތްތަކާއި މަސް ގަންނަ ފަރާތްތަކުން ވެދެއްވި އެހީތެރިކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރަށް ފަރުމަހާއި މިޔަރާ މަޑީގެ އާބާދީ ދެނެގަތުމަށް މާލެ އަތޮޅުގައިވެސް ސާވޭ އެއް ކުރިއަށް ގެންގޮސްފައިވެއެވެ.