logo
banner image

ވަޒީރު ރާފިޢު، ރ. މާކުރަތުގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރ. މާކުރަތު ކައުންސިލާ ބައްދަލުކުރައްވައި އެ ރަށުގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މަޝްވަރާކުރައްވައިފި އެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި އޮތް ބައްދަލުކުރެއްވުމުގައި މާކުރަތު ކައުންސިލްގެ ރައީސް އާއި އެ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ރަމީޒްވެސް ބައިވެރިވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި މާކުރަތު ކައުންސިލުން ވަނީ އެރަށުގެ ކުޅިވަރުގެ ހާލަތު ވަޒީރާ ހިއްސާކުރައްވާފަ އެވެ. މިގޮތުން އެ ރަށުގައި މިވަގުތު ހުރި ކުޅިވަރު ވަސީލަތްތަކަށް ބޭނުންވާ މަރާމާތުތަކާ ގުޅޭކަންކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ރާފިޢު ވަނީ މާކުރަތުގެ ކުޅިވަރު ހާލަތު ރަނގަޅު ކުރުމާއި، ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެ ރަށުގައި ގާއިމްކުރަން ހަމަޖެހިފައިވާ ކުޅިވަރު މަޝްރޫޢުތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.